އެސިސްޓެންޓް ޕީޖީގެ މަގާމަށް ފެޒްލީން!

އެސިސްޓެންޓް ޕީޖީގެ މަގާމަށް ފެޒްލީން!

އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އަލްއުސްތާޒާ މަރިޔަމް ފެޒްލީން އައްޔަންކޮށްފި އެވެ. ފެޒްލީން މިހާތަނަށް ހުންނެވީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ސީނިއާ ޕަބްލިކް ޕްރޮސިކިއުޓަރުގެ މަގާމުގަ އެވެ.

މިވަގުތު ޕީޖީ އޮފީހުގައި މަސައްކަތް ކުރައްވާ ގާނޫނީ ވަކީލުންގެ ތެރެއިން އެ ދާއިރާގައި އެންމެ ތަޖުރިބާކާރު އެއް ގާނޫނީ ވަކީލުގެ ގޮތުގައި ފާހަގަކުރާ ފެޒްލީން ވަނީ މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ އިން ޝަރީއަތާއި ގާނޫނުގެ ދާއިރާއިން ބެޗްލާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.

ޕްރޮސިކިއުޓާ ޖެނެރަލް އައްޔަން ކުރައްވާ ޕީޖީ އޮފީހުގެ އެންމެ އިސް މަގާމުތަކުގައި މި ވަގުތު ތިއްބެވީ ޑެޕިއުޓީ ޕްރޮސިކިއުޓާ ޖެނެރަލް މަހުމޫދު ސަލީމް އާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ހުސައިން ނާޝިދު އާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް ޝަމްރާ ޝަމީމް އާއި އެސިސްޓެންޓް ޕްރޮސިކިއުޓާ ޖެނެރަލް އަބްދުﷲ ރާބިއު އަދި މިއަދު މަގާމަށް އައްޔަން ކުރެއްވި ފެޒްލީން އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *