ޢަލީ ވަޙީދު ގެ ޕާސްޕޯޓު ދޫކުރީ ރަނގަޅަކަށް ނޫން: ޕީޖީ

ޢަލީ ވަޙީދު ގެ ޕާސްޕޯޓު ދޫކުރީ ރަނގަޅަކަށް ނޫން: ޕީޖީ

ޖިންސީ ގޯނާގެ ގިނަ ތުހުމަތުތަކެއް ކުރެވިފައިވާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޢަލީ ވަހީދުގެ ޕާސްޕޯޓު ދޫކޮށްލަން ކްރިމިނަލް ކޯޓުން އަމުރުކުރީ ރަނގަޅަށް ނޫން ކަމަށާއި، އެ ނިންމުން ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ. އަލީ ވަހީދުގެ ޕާސްޓޯޓު ހިފެހެއްޓުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމާއެކު އޭނާ ފުރައިގެން ގޮސްފައިވާތީ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރަށާއި ޕީޖީ އަށް އަދި ކޯޓަށް ވަނީ އަމާޒު ވެފަ އެވެ.

އެ މައްސަލައިގައި ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އަމުރު ނެރުމުގައި، އާންމުކޮށް މިބާވަތުގެ އަމުރު ނެރުމުގައި އަމަލުކުރާ އުސޫލުތަކާ ހިލާފަށް އަމަލުކޮށްފައިވާ މައްސަލަ، ކަމާބެހޭ މުއައްސަސާތަކުގެ ސަމާލުކަމަށް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ކޯޓު އަމުރުގައި އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި އަލީ ވަހީދު އަނބުރާ ރާއްޖެ ނައިސްފި ނަމަ، އޭނާގެ މައްޗަށާއި، އޭނާ ޖާމިނު ކޮށްފައިވާ މީހާގެ މައްޗަށް ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އެޅުމުގެ މަސައްކަތް، އެކަމަށް ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން އެ އޮފީހުން ކުރަމުން ގެންދާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަލީ ވަހީދު ފުރުން މަނާކުރުމުގެ އަމުރު ބާތިލް ކުރީ އަލީ ވަހީދާ ޖާމިނުވާނެ ފަރާތަކަށް ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) ހުށަހަޅާފައި ވާތީ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *