އީސީގެ މެންބަރު ކަމަށް ޑރ. ޒާހިރު އައްޔަންކުރަން ކޮމެޓީން ރުހުން ދީފި

އީސީގެ މެންބަރު ކަމަށް ޑރ. ޒާހިރު އައްޔަންކުރަން ކޮމެޓީން ރުހުން ދީފި

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މެންބަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ޑރ. މުހައްމަދު ޒާހިރުގެ ނަމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ރުހުން ދީފި އެވެ. އިއްޔެ ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޑރ. ޒާހިރާ އިންޓަވިއު ކުރުމަށްފަހު އޭނާ އީސީގެ މެންބަރުކަމަސް އައްޔަނުކުރަން ފެންނަ ކަމަށް ކޮމިޓީގެ 10 މެންބަރުން ވޯޓު ދެއްވި އެވެ.

ޑިވެލޮޕްމެންޓް އެޑްމިނިސްޓްރޭޝަނުން ޕީއެޗްޑީ ހާސިލު ކުރައްވައިގެން ހުންނެވި ޑރ. ޒާހިރަކީ މީގެ ކުރިން ވެސް އިލެކްޝަންސް ކޮމިޝަނުގައި މަސައްކަތް ކުރެއްވި ބޭފުޅެކެވެ. އިލެކްޝަންސް ކޮމިޝަން އެކުލެވިގެން ވަނީ ފަސް މެންބަރުންގެ މައްޗަށެވެ. ކޮމިޝަންގެ ގާނޫނު ބުނާގޮތުން މެންބަރުކަމުގެ މަގާމެއް ހުސްވާތާ 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންވާނެ އެވެ.

އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު އައްޔަން ކުރުމަށް ނިންމާފައިވަނީ ކުރިން އެކޮމިޝަނުގެ މެންބަރު ކަމުގައި ހުންނެވި އަދި އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އަހުމަދު އަކްރަމް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

އެކޮމިޝަނުގެ މެންބަރު ކަމުގެ މަގާމުން އަކުރަމް އިސްތިއުފާ ދެއްވީ އޭނާ އާއި ދެކޮޅަށް ހުށަހެޅުނު މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައި، އޭނާ އެ މަގާމުން ވަކި ކުރުމަށް ނިންމާފައިވަނިކޮށް މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *