ރާއްޖެއިން މިއަދު 100 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ. މިއަދުގެ ހަވީރު 6 ޖެހުމާއި ހަމައަށް ކޮވިޑް ބަލި ޖެހުނު މީހުންގެ ތެރެއިން 75 މީހުންނަކީ މާލޭ ސަރަހައްދުން ބަލި ޖެހުނު މީހުނެވެ. އަނެއް 25 މީހުން ޕޮޒިޓިވްވީ އަތޮޅުތަކުގެ ތެރެއިންނެވެ.
މިވަގުތު ރާއްޖޭގައި ކޮވިޑުން ރަނގަޅު ބަލިޖެހިފައި ތިބީ 2،160 މީހުންނެވެ. މިހާތަނަށް 14،978 މީހުން ވަނީ ކޮވިޑުން ރަނގަޅުވެފަ އެވެ. މިވަގުތު ވެސް ހޮސްޕިޓަލްގައި އެޑްމިޓްކޮށް 214 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.
ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވެފައިވަނީ 56 މީހުންނެވެ.

