އަންނަ މެއި ނުވަތަ ޖޫން ހިސާބުގައި ހިޔާ ފްލެޓްތަކަށް މީހުންނަށް ވަދެވޭވަރު ވާނެކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މަބްރޫކު އަޒީޒު ވިދާޅުވެއްޖެ އެވެ. ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާރު އެތަނުގައި ކުރިއަށް ދަނީ ފެނާއި ނަރުދަމާ އަދި ކަރަންޓުލުމުގެ މަސައްކަތް ކަމަށާއި އެ މަސައްކަތްތައް އަންނަ މާޗް މަހުގެ ތެރޭގައި ނިމޭނެ ކަމަށެވެ. އެހެންކަމުން އަންނަ ޖޫން މަހު ފުރަތަމަ މީހުންނަށް ފްލެޓަށް ވަދެވޭ ވަރު ވާނެ ކަމަށެވެ.
ހިޔާ ފްލެޓްތަކުގެ ދާއިމީ ލިސްޓު ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމެޓީން އިއްޔެ ވަނީ އާންމުކޮށްފަ އެވެ. ނަމަވެސް އެކަމުގެ ބޮޑެތި ކަންބޮޑުވުންތަކެއް އާންމުން ގެންދަނީ ފާޅުކުރަމުންނެވެ.

