"ކޮވިޑް-19 ދިފާޢު" ކެމްޕޭން ފެށުން
"ކޮވިޑް-19 ދިފާޢު" ކެމްޕޭން ފެށުން

އުމުރުން 50 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

އުމުރުން 50 އަހަރުން މަތީގެ ހައި ރިސްކު މީހުންނަށް ވެކްސިން ދޭން ފަށައިފި

އުމުރުން 50 އަހަރާއި 55 އަހަރާ ދެމެދުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ވެކްސިން ދޭން މިއަދު ފަށައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނީ، މާލޭ ސަރަހައްދުގައި އުޅޭ 50-55 އަހަރުގެ މީހުންގެ ތެރެއިން ހައި ރިސްކު މީހުންނަށް ސޯޝަލް ސެންޓަރާއި ހުޅުމާލެ ފްލޫ ކްލިނިކުގައި މިއަދު ހަވީރު 5:00 ޖަހަންދެން ވެކްސިން ދޭނެ ކަމަށާއި ވިލިމާލެ ޔޫތު ސެންޓަރުގައި ވެކްސިން ދިނުން އޮންނާނީ މެންދުރު 1:00 އަށް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ، މިހާރު ވެސް އަމަލުކުރަމުން އަންނަ ގޮތަށް 55 އަހަރުން މަތީގެ ހުރިހާ މީހުންނަން ސެންޓަރުތަކަށް ދިއުމުން ވެކްސިން ޖަހައިދޭނެ ކަމަށެވެ. ވެކްސިން ޖަހަން ދާއިރު އެއީ ކާކުކަން އަންގައިދޭ ލިޔުމަކާއި ބޭނުންކުރާ ބޭހުގެ މައުލޫމާތު ގެންދިޔުމަށާއި އަދި ވެކްސިން ޖަހަން ފަސޭހައިން ކޮނޑު ދެއްކޭނެ ފަދަ ހެދުމެއް ލާން އެޗްޕީއޭ އިން އެދެ އެވެ.

މިމަހުގެ އެކަކުން ފެށިގެން ރާއްޖޭގައި ވެކްސިން ޖަހަން ފަށާފައިވާއިރު އިއްޔެގެ ނިޔަލަށް 12،934 މީހުންނަށް ވެކްސިން ދީފައިވެ އެވެ. އެއީ މާލެ ސަރަހައްދުން 10،626 މީހުންނާއި އަތޮޅުތެރެއިން 2،308 މީހެކެވެ.

ރާއްޖޭގައި މިހަރު ޖަހަމުން ދަނީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ. މިއީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދައި، ރާއްޖެއަށް ހަދިޔާކުރި އެއް ލައްކަ ޑޯޒެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *