ބަމަރުކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި!

ބަމަރުކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ވަނީ ހިފަހައްޓާފައި!

މަރާލާފައިވާ ނުވަތަ ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ބަލަމުން އަންނަ މައްސަލަތަކާ ގުޅިގެން 11 މީހެއްގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރިލްވާންގެ މަރުގެ މައްސަލައާ ގުޅޭ މައުލޫމާތު ދިނުމަށް މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ މެންބަރު މިސްބާހު އައްބާސް އެހެން ވިދާޅުވި ނަމަވެސް އެއީ ކޮންބައެއް ކަމާއި ޕާސްޕޯޓު ހިފެހެއްޓި މީހުންގެ ތެރޭގައި ރިލްވާންގެ މައްސަލައާ ގުޅުން ހުރި މީހެއް ހިމެނޭކަން ވިދާޅުވެފައެއް ނުވެ އެވެ.

ރިލްވާން މަރާލި މައްސަލައާ ގުޅިގެން މައުލޫމާތު ދިނުމަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު މަރު ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޮމިޝަންގެ އޭރުގެ ރައީސް އަދި ސުޕްރީމް ކޯޓުގެ މިހާރުގެ ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ، އެ ކޮމިޝަންގެ އެދުމުގެ މަތިން 15 މީހެއްގެ ޕާސްޕޯޓް އޭރާ ހަމައަށް ހިފަހައްޓާފައިވަ ކަމަށެވެ. ނަމަވެސް އެމީހުންގެ މައުލޫމާތު ވެސް އޭރު ހާމަކޮށްފައެއް ނުވެއެވެ.

ރިލްވާންގެ ތަހުގީގު ދިގުލައިގެން ގޮސްފައިވާ އިރު މިހާތަނަށް އިންސާފެއް ނުލިބުމުގެ ކަންބޮޑުވުން އާއިލާ އިން ދަނީ ފާޅުކުރަމުންނެވެ. އެކަމަކު މި ސަރުކާރުން ދޭ ޔަގީންކަމަކީ އެ މައްސަލައިގައި އާއިލާ އަށް އިންސާފު ހޯދައިދޭނެ ކަމެވެ. އަދި އާއިލާގެ އެދުމުގެ މަތިން ތަހުގީގުގައި، ބޭރުގެ އިންވެސްޓިގޭޓަރަކު ވެސް ވަނީ ބައިވެރިކޮށްފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *