މުހައްމަދު ޚަލީލު ގ.އުތުރުގެ ފަލަސްތީނުގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށާއި، އިތުރު ހަތް ބޭފުޅަކު އެކި ގައުމުތަކުގެ ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުއްވައިފިއެވެ.
މީގެ އިތުރުން ތައިލެންޑަށް ކަނޑައަޅާފައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ޖިނާހު، މއ ތިބުރޯޒު، ކެމްބޯޑިއާ އާއި ވިއެޓްނާމާއި އަދި ލާއޯ އަށް ކަނޑައެޅުމަށާއި، އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް ކަނޑައަޅުއްވާފައި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ.އާޒިފް އަހުމަދު، ގ.ފަރުކޮޅު، އިޓަލީ އާއި ތުރުކީ އާއި އޮސްޓްރޭލިއާ އަށް ކަނޑައެޅުމަށާއި، ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ އައިމިނަތު ޝަބީނާ، ހ.މިސްޓީ ލޮޖް، މިސްރަށް ކަނޑައެޅުމަށާއި، ސިންގަޕޫގައި ހުންނަވާ އިބްރާހިމް ޝަހީމް، ހ. ޖެހޭވައި، ނިއުޒިލެންޑްގެ ނޮން ރެޒިޑެންޓް ސަފީރުކަމަށް އައްޔަން ކުރަން ވަނީ ފޮނުވައިފައެވެ.

