ރެންޑަމް ސާމްޕަލެއް ތިނަދޫގައި ޕޮޒިޓިވް ވެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމުގެ ބިރު

ރެންޑަމް ސާމްޕަލެއް ތިނަދޫގައި ޕޮޒިޓިވް ވެ ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމުގެ ބިރު

ގދ. ތިނަދޫން ނެގި ރެންޑަމް ސާމްޕަލްތަކުގެ ތެރެއިން ސާމްޕަލެއް ޕޮޒިޓިވް ވެ އެ ރަށުގައި ކޮމިޔުނިޓީ ސްޕްރެޑެއް އޮތް ކަމުގެ ބިރު ބޮޑު ވެއްޖެ އެވެ.

ތިނަދޫން ނެގި ރެންޑަމް ސާމްޕަލެއް ޕޮޒިޓިވް ވުމާއި ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންތައްތައް ބަލަމުން އަންނަ ކަމަށް އެޗްއީސީން ބުނެފައިވާއިރު މީގެ ކުރިންވަނީ އައްޑޫން ޕޮޒިޓިވް ވި މީހަކާ ކޮންޓެކްޓް ވި މީހަކު ތިނަދޫގައި ހުއްޓައި ޕޮޒިޓިވް ވުމާއި ގުޅިގެން އެރަށް މޮނިޓަރިންއަށް ލާފައެވެ.

ތިނަދޫގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށް ކަރަންޓީން އުސޫލުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އެދޭ ކަމަށެވެ. އަދި ރޯގާގެ އެއްވެސް އަލާމާތެއް ފާހަގަ ކުރެވޭނަމަ އެ ހޮސްޕިޓަލުގެ ހޮޓްލައިން ނަންބަރު 7934641 އާއި ހިއްސާކުރުމަށް ވެސް ވަނީ އެދިފަ އެވެ.

މި ކޭހާ އެކު ތިނަދޫގައި މިހާރު ކޮވިޑް ބަލީގެ މީހުންގެ އަދަދު ވަނީ ދެއަކަށް އަރައިފަ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *