މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި

މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ ހުށަހަޅައިފި

ނޫސްވެރިޔާ އަހުމަދު ރިޟްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ ފްލެޓް ކައިރިން، ފެނުނު ވަޅިއެއްގެ މައުލޫމާތު ދޭ މީހަކަށް ފަސް ލައްކަ ރުފިޔާ އާއި އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ރިލްވާންގެ މައްސަލައާ ގުޅޭ ގޮތުން ސާބިތު ހިފޭ ވަރުގެ ސައްޙަ މަޢުލޫމާތެއް ފޯރުކޮށްދިން ފަރާތަކަށް ވެސް ފަސްލައްކަ ރުފިޔާ ދޭނެކަމަށް ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަ ތަހުގީގު ކުރާ ކޮމިޓީން ހުށަހަޅައިފި އެވެ.

މަރު ކޮމިޝަނުން މިއަދު ކުރި އުލާނެއްގައި ބުނީ، ރިލްވާން ހުޅުމާލޭގައި ދިރިއުޅެމުންދިޔަ 21 ނަންބަރު ފްލެޓް ކައިރިން ގަދަ ކަމުން މީހަކު ކާރަކަށް އަރުވަން އުޅުމުގެ ތެރޭގައި މަގުމައްޗަށް ވެއްޓިފައިވާ ވަޅިއެއްގެ މައުލޫމާތު އެނގޭ ފަރާތެއްވާނަމަ އެކަން އެ ކޮމިޝަނަށް އެންގުމަށެވެ.

މައުލޫމާތު ދޭން ބޭނުންވާ މީހުން އެ ކޮމިޝަނަށް ހާޒިރުވެ ނުވަތަ އެ ކޮމިޝަނުގެ ފޯނު ނަންބަރު 7390841 އަށް ގުޅައިގެން ވެސް މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *