ފެބްރުއަރީ ހަތަކީ ގަދަބަސް ބުނުމުގެ ނަތީޖާ: ޣައްސާން

ފެބްރުއަރީ ހަތަކީ ގަދަބަސް ބުނުމުގެ ނަތީޖާ: ޣައްސާން

2012 ފެބްރުއަރީ 7، ގައި އޭރުގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވީ ގަދަބަސް ބުނުމުގެ ނަތީޖާ ކަމަށް އިދިކޮޅު ޕީޕީއެމްގެ ނާއިބު ރައީސް އަދި ގުރައިދޫ ދާއިރާގެ މެންބަަރު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދުގެ ވެރިކަން ފެބްރުއަރީ 7، ގައި ވެއްޓުނީ ސަރުކާރާ ދެކޮޅަށް އާންމުން ކުރަމުން ދިޔަ ސިލްސިލާ މުޒާހަރާތަކާ ފުލުހުންނާއި ސިފައިން ގުޅި، އެންމެ ފަހުން ނަޝީދުގެ އިސްތިއުފާ އަށް ގޮވައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގުމަށް ފަހުގަ އެވެ.

ފެބްރުއަރީ ހަތެއްގައި ރާއްޖޭގައި ހިންގި ބަޣާވާތެއް ކަމަށް ރައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުން އަދިވެސް އަންނަނީ ބުނަމުންނެވެ. ނަމަވެސް ރައީސް ނަޝީދު އިސްތިއުފާ ދެއްވުމުން އެމަނިކުފާނުގެ އޭރުގެ ނައިބު ޑރ. މުހައްމަދު ވަހީދު ހަސަން ވެރިކަމަށް ވަޑައިގެން އުފެއްދެވި ކޮމިޝަން އޮފް ދަ ނޭޝަނަލް އިންކުއަރީ (ކޯނީ) އިން ވަނީ ވެރިކަން ބަދަލުވި ގޮތް ތަހުގީގުކޮށް އެއީ ބަޣާވާތެއް ނޫން ކަމަށް ނިންމާފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *