ކުރީގެ ރައީސް ޑރ. މުހައްމަދު ވަޙީދު ޙަސަން މަނިކުގެ ބައްޕާފުޅު އަވަހާރަވެއްޖެ އެވެ.
ރައީސް ވަޙީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ ބައްޕާފުޅު، ޙަސަން އިބްރާހިމް މަނިކު (ހަނދުވަރީ ޙަސަން މަނިކު) މިއަދު ހެނދުނުގެ ވަގުތެއްގައި އަވަހާރަވެފައިވާ ކަމަށެވެ. އަދި މިއީ ގުދުރަތީ މަރެއް ކަމަށްވެސް ވިދާޅުވި އެވެ.
ކުރީގެ ރައީސް އިބްރާހިމް ނާސިރުގެ އަރިހުގައި 50 ވަރަކަށް އަހަރު ދައުލަތަށް ހިދުމަތް ކުރައްވާފައިވާ ޙަސަން މަނިކު އަވަހާރަވިއިރު އުމުރުފުޅަކީ 92 އަހަރެވެ. ޙަސަން މަނިކު ވަޒީފާ އަދާކުރައްވާފައިވާ އޮފީސްތަކުުގެ ތެރޭގައި އޭޓީސީ އާއި އެސްޓީއޯ ހިމެނެއެވެ.

