ތިނަދުއަށް އަރައި ފޭބުން މަނާކޮށްފި

ތިނަދުއަށް އަރައި ފޭބުން މަނާކޮށްފި

އައްޑޫ ހިތަދޫ ކޮވިޑު ކްލަސްޓާގެ މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި ގދ.ތިނަދޫ މީހަކު ކޮވިޑަށް ޕޮޒިޓިވްވުމުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ތިނަދޫ މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

ތިނަދޫގައި ހުންނަ ރީޖަނަލް ހޮސްޕިޓަލުން ބުނީ އައްޑޫން ކޮވިޑަށް ޕޮޒިޓިވްވި މީހަކާ ޑައިރެކްޓް ކޮންޓެކްޓުވި މީހަކު އެ ރަށުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. ރޯގާގެ އަލާމާތެއް ފާހަގަކުރެވޭ ނަމަ އެކަން ލަސްނުކޮށް ހޮސްޕިޓަލްގެ ހޮޓްލައިން 7934641 އަށް ގުޅައި ހިއްސާކޮށް ދިނުމަށް އެދިފައި ވެ އެވެ.

އެޗްޕީއޭ އިން ބުނީ ކޮވިޑާ ގުޅިގެން ސިއްހީ ގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ތިނަދޫ މޮނިޓަރިންނަށް ލާފައިވާ ކަމަށެވެ. އެހެންވެ އެ އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށަށް އަރައި ފޭބުން ވަނީ މަނާކޮށްފަ އެވެ.

ތިނަދޫގައި މިހާރު ކުރިއަށް ގެންދަނީ ކޮންޓެކްޓު ޓްރޭސިން ހެދުމެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *