ޑރ. މުރާދު ކޮވިޑަށް19 އަށް ޕޮޒިޓިވްވެއްޖެ

ޑރ. މުރާދު ކޮވިޑަށް19 އަށް ޕޮޒިޓިވްވެއްޖެ

އެޗްޕީއޭ ގެ ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް) ގައި ހިމެނިވަޑައިގަންނަވާ އައިޖީއެމްއެޗުގެ ޑޮކްޓަރު ޑރ. މޫސާ މުރާދު ކޮވިޑަށް ޕޮޒިޓިވްވެއްޖެ އެވެ. ޑރ. މުރާދު މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ, ކޮވިޑަށް ޕޮޒިޓިވްވެ, މިވަގުތު ހުންނެވީ އައިސޮލޭޝަންގައި ކަމަށެވެ.

"ކޮވިޑަށް ޕޮޒިޓިވްވެ އަޅުގަނޑު މިވަގުތު މިހުރީ އައިސޮލޭޝަންގައި. އެ މުއްދަތު ހަމަވަންދެން ވެކްސިން ނުޖަހާ ޖެހޭނީ މަޑުކުރަން. ކޮވިޑް އެއްވެސް މީހުއްގެ މެދުގައި ތަފާތެއްނުކުރޭ. ރައްކާތެރިކަމުގެ ފިޔަވަޅު އަޅުއްވާ. އަތް ދޮވެ، މާސްކް ބޭނުންކޮށް, ގައިދުރުކަން ބަހައްޓަވާ. އަދި ތިމާގެ ވަގުތު ޖެހުމުން ވެކްސިން ޖައްސަވާ،" ޑރ. މުރާދު ފޭސްބުކް ސްޓޭޓަސްގައި ލިޔުއްވާފައިވެ އެވެ.

މިމަހުގެ އެކަކުން ފެށިގެން ރާއްޖޭގައި ކޮވިޑް ވެކްސިން ދޭން ވަނީ ފަށައިފަ އެވެ. އަދި މިހާތަނަށް ކޮވިޑުގެ ކަންކަމުގައި އިސްކޮށް އުޅުއްވާ ގިނަ ޑޮކްޓަރުންނާއި ހެލްތު ކެއާ ވޯކަރުންގެ އިތުރުން ފްރަންޓްލައިންގައި މަސައްކަތްކުރާ ގިނަ ބަޔަކު ވަނީ ކޮވިޑް ވެކްސިން ޖަހައިފަ އެވެ.

އޭގެ އިތުރުން އުމުރުން 55 އަހަރުން މަތީގެ މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. ނަމަވެސް އެ ވެކްސިން އަލާމާތް ހުންނަ މީހުންގެ ގަޔަކަށް ނުޖެހެ އެވެ.

ރާއްޖޭގައި ޖަހަމުން ދަނީ އޮކްސްފޯޑާއި އެކްސްޓްރާޒެނެކާ ގުޅިގެން އުފައްދާފައިވާ ކޮވިޝީލްޑް ވެކްސިން އެވެ. މިއީ އިންޑިއާގެ ސިރަމް އިންސްޓިޓިއުޓުން އުފައްދައި، ރާއްޖެއަށް ހަދިޔާކުރި އެއް ލައްކަ ޑޯޒެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *