ކިޔު ދިގުވާތީ ސޯޝަލް ސެންޓަރު މިއަދަށް ބަންދުކޮށްފި

ކިޔު ދިގުވާތީ ސޯޝަލް ސެންޓަރު މިއަދަށް ބަންދުކޮށްފި

ކޮވިޑު ވެކްސިން ޖަހަންދާ މީހުން ގިނަވެ، ކިޔޫ ދިގުވަމުންދާތީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މެންދުރު 2:30ގެ ފަހުން ސޯޝަލް ސެންޓަރުގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރު ބަންދުކޮށްފި އެވެ. ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، ސޯޝަލް ސެންޓާރުގައި ކިޔޫ ދިގުވެ މީހުން ގިނަވަމުންދާތީ މިއަދު ވެކްސިން ޖަހަން ރާވަމުންދާ މީހުން މާދަމާގެ ވަގުތަކަށް ބަދަލުކޮށްލުމަށް އިލްތިމާސްކުރާ ކަމަށެވެ.

އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިއަދު ސޯޝަލް ސެންޓަރަށް ވެކްސިން ޖަހަން އަންނަ މީހުންނަށް އެތަން ހުޅުވިފައި ހުންނާނީ 2:30 ވަންދެން ކަމަށް ބުންޏެވެ.

އެޗްޕީއޭ އިން ކުރިން ހާމަކޮށްފައިވާ ގޮތުން، ސޯޝަލް ސެންޓަރާއި ހުޅުމާލޭގައި ހުންނަ ވެކްސިން ސެންޓަރު (ކުރީގެ ފްލޫ ކްލިނިކް)ގައި މިއަދު ހަވީރު 5:00 އަށް ވެކްސިން ދިނުމުގެ ހަރަކާތް ކުރިއަށް ގެންދާނެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *