މިއަދު ކޮވިޑް19 އަށް މުޅިރާއްޖެއިން 137މީހުން ޕޮޒިޓިވް ވެއްޖެއެވެ.
އެއިގެ ތެރެއިން 110މީހުން ޕޮޒިޓިވް ވެފައިވަނީ މާލެ ސަރަޙައްދުންނެވެ. މީހުން ދިރިއުޅޭ އެހެނިހެން ރަށްރަށުން 20މީހުން ޕޮޒިޓިވް ވެފައިވާއިރު އޮޕަރޭޝަން ރިސޯޓުން 7މީހުން ޕޮޒިޓިވް ވެފައިވެއެވެ.
ފަހަކަށް އައިސް މާލެއިންނާއި ރިސޯޓްތަކުން ޕޮޒިޓިވް ވާމީހުންގެ ޢަދަދުވަނީ ވަރަށްބޮޑަށް އިތުރުވެފައެވެ. ދާދިފަހުން އެޗްޕީއޭ އިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝީނާ ވިދާޅުވެފައިވަނީ ކޮވިޑްގެ އާ ވޭރިއެންޓެއް ރާއްޖޭގައި އުޅުމަކީ އެހާގިނަމީހުން ޕޮޒިޓިވް ވާން މެދުވެރިވާ ސަބަބަކަށް ވެދާނެކަމަށެވެ. ކޮވިޑަށް ޕްޒިޓިވް ވާ މީހުންގެ ޢަދަދު ގިނަވެފައިވާތީ އެޗްޕީއޭ އިން މިޙާރުވަނީ ޚާއްޞަފިޔަވަޅުތަކެއް އަޅާފައެވެ.

