ހުޅުމީދޫން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 18 އަށް!

ހުޅުމީދޫން ކޮވިޑަށް ޕޮޒިޓިވްވި އަދަދު 18 އަށް!

އައްޑޫ ސިޓީ ހުޅުމީދޫ އިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 18 އަރައިފިއެވެ. އައްޑޫ ސިޓީގެ ހުޅުމީދޫން ފުރަތަމަ ޕޮޒިޓިވްވީ އެމްޓީސީސީން އެ އަވަށުގައި ކުރަމުންދިޔަ މަސައްކަތަކަށް ގެންދިޔަ ބައެކެވެ. އެމީހުން ޕޮޒިޓިވްކަން އެނގުނީ ކަރަންޓީނުގައި ތިއްބަ އެވެ. ނަމަވެސް ފަހުން އެމީހުންނާ ކޮންޓެކްޓުވި ބަޔަކު ޕޮޒިޓިވް ވުމުން އަވަށް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، ހުޅުމީދޫގެ އެމްޓީސީސީ ސައިޓުން ނަގާފައިވާ ސާމްޕަލްތަކުގެ ތެރެއިން އިތުރު 10 ސާމްޕަލެއް ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެގޮތުން މިހާރު އެ އަވަށުން ކޮވިޑަށް ޕޮޒިޓިވްވެފައިވަނީ 18 މީހުން ކަމަށާއި އެ އެންމެންނަކީ ވެސް ބިދޭސީން ކަމަށް ބުންޏެވެ.

މި ކޭސްތަކާ ގުޅިގެން އައްޑޫ ސިޓީ ކައުންސިލުން ވަނީ ހުޅުމީދޫއަށް އެއްވެސް އުޅަނދެއް ވަނުމާއި ފުރުން މަނާކޮށްފަ އެވެ. އަދި މޮނީޓަރިންގެ ހާލަތުގައި އޮންނަ މުއްދަތުގައި ހުޅުމީދޫގެ މަސްވެރިން މަހަށް ނުފުރުމަށާއި، ދިމާވެދާނެ ކުއްލި ހާލަތަކާ ގުޅިގެން ކޮންމެހެން ކުރަންޖެހޭ ދަތުރެއް ވެސް ކުރަންވާނީ ހުޅުމީދޫ އެސްއެސްޑީ އަށް ސަބަބު ބަޔާންކޮށް ހުށަހެޅުމުން ހުއްދަ ލިބިގެން  ކަމަށް ވެސް އައްޑޫ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައިވެ އެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *