އަދާލަތު ޕާޓީއާ ގުޅޭގޮތުން ކޯޓަށް ހުށަހެޅީ ފަސް އަހަރު ކުރިން ބޭއްވި ކޮންގްރެސްގެ މައްސަލައެއް

އަދާލަތު ޕާޓީއާ ގުޅޭގޮތުން ކޯޓަށް ހުށަހެޅީ ފަސް އަހަރު ކުރިން ބޭއްވި ކޮންގްރެސްގެ މައްސަލައެއް

އަދާލަތު ޕާޓީއާ ގުޅޭގޮތުން ސިވިލް ކޯޓަށް ހުށަހަޅާފައިވަނީ، މީގެ ފަސް އަހަރު ކުރިން ބޭއްވި އެ ޕާޓީގެ ކޮންގްރެސްއާ ގުޅޭ މައްސަލައެއް ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ސިވިލް ކޯޓުން މިދިޔަ ހޯމަ ދުވަހު ބޭއްވި ޝަރީއަތަކަށް ހާޒިރުވުމަށް އަދާލަތު ޕާޓީއަށް ފޮނުވާފައިވާ އަމުރެއް މިހާރު ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފަ އެވެ. އެއީ، އެ ޕާޓީގެ އާއްމު މެމްބަރަކު މިދިޔަ މަހުގެ 24 ވަނަ ދުވަހު ހުށަހެޅި މައްސަލައެކެވެ.

އެ މައްސަލަ އަދި އޮތީ ޑިސްޕިއުޓު މަރުހަލާގަ އެވެ.

އެކަމާ ގުޅިގެން އަދާލަތު ޕާޓީގެ މީޑިއާ ކޮމިޓީގެ ރައީސް އަލީ ނަޒީރު މިއަދު ވިދާޅުވީ ކޯޓަށް ހުށަހަޅާފައިވަނީ މީގެ ފަސް އަހަރު ކުރިން، 2016 ވަނަ އަހަރު ބޭއްވި ކޮންގްރެސް އިން ނިންމި ނިންމުމެއް ބާތިލްކުރުމަށެވެ.

ކޮންމެ ފަސް އަހަރަކުން އެއް ފަހަރު ބާއްވަން ޖެހޭ ކޮންގްރެސް އިން ނިންމާފައިވަނީ، ޕާޓީގެ ދައުރު ދެންމުމަށެވެ. އެކަމުގެ ނަތީޖާއަކީ ޕާޓީގެ މަގާމުގައި ތިއްބެވި ބޭފުޅުން އެ މަގާމުގައި ދެމިތިބުމެވެ. ފަސް އަހަރު ފަހުން ކޯޓަށް ހުށަހަޅާފައިވަނީ އެ ނިންމުން ބާތިލްކުރުމަށެވެ.

ނަޒީރު ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ބޭއްވި އެ ޕާޓީގެ ރިޔާސީ އިންތިޚާބާ ގުޅޭ އެއްވެސް މައްސަލައެއް ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *