ނައިބް ރަޝާދު ސްކޮލާޝިޕް ތިނަދޫ ކެމްޕަހުގެ 20 ދަރިވަރަކަށް

ނައިބް ރަޝާދު ސްކޮލާޝިޕް ތިނަދޫ ކެމްޕަހުގެ 20 ދަރިވަރަކަށް

އެވިޑް ކޮލެޖުން ދެމުން އަންނަ އެވިޑް ކޮލެޖްގެ ނައިބް ރަޝާދު ސްކޯލާޝިޕް ތިނަދޫ ކެމްޕަހުގައި ކިޔަވަމުން އަންނަ 20 ދަރިވަރަކަށް ދީފި އެވެ.

ތިނަދޫ ކެމްޕަހުގެ އިތުރުން މި ސްކޮލާޝިޕް މިއަހަރު ދެން ދީފައިވަނީ އެވިޑް ކޮލެޖްގެ މާލޭ ކެމްޕަސްގަައި ކިޔަވާ 10 ދަރިވަރަކަށެވެ.

"ނައިބް ރަޝާދު ސްކޮލާޝިޕް" ނަމުގައި ފައުންޑޭޝަން ސްޓަޑީސްގެ ކުދިންނަށް ހާއްސަކޮށް ދޭ އެ ސްކޮލާޝިޕްއަކީ އެވިޑް ކޮލެޖުގެ ޗެއާމަންގެ އަބްދުﷲ މުޝްތާގް ގެ ބައްޕަ މުހައްމަދު ރަޝާދު ހުވަދު އަތޮޅަށް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން، އެ ކޮލެޖުގެ ޗެއާމަންގެ މަންމަ ފާތިމަތު ނާސިރާ ހުޅުވާލަދެއްވި ފުރުސަތެކެވެ.

ނިމިދިޔަ 2020 އަހަރުވެސް "ނައިބު ރަޝާދު ސްކޮލަރޝިޕް" ފުރުޞަތުގެ ދަށުން އެވިޑް ކޮލެޖް ތިނަދޫ ކެމްޕަހުގައި ސެޓްފިކެޓް 4 އިން ފައުންޑޭޝަން ކޯހުގައި ކިޔެވުމަށް 22 ދަރިވަރަކަށް ސްކޮލަރޝިޕްގެ ފުރުޞަތު ވަނީ ދީފައެވެ.

މި ސްކޮލާޝިޕް އެންމެ ފުރަތަމަ ދިނީ 2019 ވަނަ އަަހަރު އެވެ.

އެވިޑް ކޮލެޖްގެ ތިނަދޫ އާ ކެމްޕަސް ހުޅުވާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިއެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *