އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުން ވެސް މާސްކް އެޅުން މަޖުބޫރުކޮށްފި 

އަތޮޅުތެރޭގެ ރަށްތަކުގައި ދިރިއުޅޭ މީހުން ވެސް މާސްކް އެޅުން މަޖުބޫރުކޮށްފި 

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ގެއިން ބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުކޮށްފިއެވެ.

ނަމަވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެެރުނު އުސޫލުގައި ވިދާޅުވެފައި ވަނީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރު ވާނީ މިމަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ކަމަށެވެ.

މާސްކް އެޅުން މަޖުބޫރު ކުރިނަމަވެސް މާސްކު ނާޅާ ބޭރަށް ނިކުމެވޭނެ ހަތަރު ގިންތިއެއް މީގެ ތެރޭގައި ހިމެނެއެވެ. އެއީ:

  • އުމުރުން 2 (ދޭއް) އަހަރުން ދަށުގެ ކުޑަކުދިން
  • ކަސްރަތު ކުރަން އުޅޭ މީހުން ކަސްރަތުކުރާ ވަގުތު
  • އެހެން މީހެއްގެ އެހީއާންލައި މާސްކު އަޅައި، މާސްކް ނުނެގޭ މީހުން.
  • ޓާ ކެފޭ، ރެސްޓޯރަންޓް، ފަދަ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުން ޚިދުމަތް ހޯދާ ފަރާތްތައް، ޚިދުމަތް ހޯދާ ވަގުތު،މަތީގައި ބަޔާންކޮށްފައިލް އިސްތިސްނާ ހާލަތްތަކުގެ އިތުރުން، ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެެލްތ ކަނޑައަޅާ ހާއްސަ ހާލަތްތަކުގައި، އެެފަރާތުުން އަންގާ ގޮތުގެ މަތިން އަމަލު ކުރެވޭނެ އެވެ

މި ފިޔަވަޅުތަކަށް އަމަލުކުރުމަށް އެންމެހާ ފަރާތްތަކަށާއި އިދާރާތަަކަށް އެޗްޕީއޭ އިން ވަނީ އަންގާފައެވެ. އަދި، މި އެންގުމާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކާއިދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށް އެންމެހައި ފަރާތްތަކަށް އަންގާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ދިން ލުއިތަކުގެ ސަބަބުން ބަލި ފެތުރުން އިންތިހާއަށް އިތުރުވެ މިހާރު ވަނީ އެކްޓިވް ކޭސްތަކުގެ އަދަދު2000 އާއި ކައިރި ކޮށްފައެވެ.

ގުޅުންހުރި
ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *