ފަރިޗާލުމަގޭ ތިނަދޫ،ފަޚުރެއް ކަމަށް މަދެކެމޭ
ތަޢުލީމު،ދެވޭ ސިއްޙަތު ލިބިފައިރަށުން ނުވޭހޭ
ކުޅިވަރުތަކާއި މިޔުޒިކު ކުޅުނޭތެދޭ މިތާގާ
ފިލިތޫނު ރައްޔިތެއްހަމަ ދިރިއުޅެފަވާ ރަށެއްމީ
އަދިލައްކަ ހިތްވަރާއެކު އުޅުނީއެހާމެ ފުދިގެން
އެކިއެކިމުދާ ހިފައިގެން ކަރަޔަށް އޮޑީގަދާއިރު
އެކިފާޑުއެންމެހާ މޮޅު ސާމާނު ރަށަށް ގެނެޔޭ
ޢުމުރާނިގޮތުން އުޅުނީ ބޮޑުކޮށް އެހާކުރީގާ
ޢުމުރުންދޮށީ ކަތުންނަށް ކުރިޔޭ މިއިޙްތިރާމޭ
ފަޅުރަށްތަކުން ނުހޯދާ މަންފާނުވޭޔެ އަމުދުން
ފަޅުކަނޑުތަކުންމެ ހޯދާ ރޯދިގެ ހިފީބޭނުން