ފާސިދުން………!

އާދަމް ނަޞީރު އިބްރާހީމް

 ފާސިދުން…….!

ފާސިދުން އަބަދުމެ ތިބޭނީ ފިތުނަޔަށް ލޮބުވަތަވަތައި

 ފާސިޤުންނާއެކު، ހަލާކުގެ މާ ކަނޑެއްގައި ފަތަފަތައި

——————————————–

ރައްކަލާއި  ނުރައްކަލާ  ދައްކާ  ޙަޔާތުގު  ދަތުރުގައި

ޝައްކުތައް ގިނަގުނަކަމުން، ނައްޓައި ނުލެވިގެން މަތަމަތައި

މިތުރަކަށް ހިނިތުންވުމެއް، ފިޠުރަތު ގެނައިނަމަ، ފަހިވުމެއް

ކަތުރަކަށް އޭނާ ބަލައި،  ފިތުނައިގެ  ނަގުލަށް  ފިތަފިތައި

މަސަލަހުން ހިތް ނޯވެގެން، އަސަރުން ދެލޯ ފެންބަރުވެގެން

"ހަސަބުގައި" މާ މަތިވެގެން، ހަސަދައިން ހަދަން އެކި ހަތަހަތައި

ރަންވަރަނގު ކަރުދާހުގައި ނީހައިގެ ބަސްތައް ބަންދުކޮށް،

ރަންރިހީގެ  މިސާލުގައި  އޭން  ބޮޑެތި  ފައްޓަރު  ގަތަގަތައި

އާންމުވާ  ކޯފާގެ  ދަށުގައި  ފިތި  ފަނާވާ  ވަގުތުވެސް

ކާމިޔާބުގެ  ތަޚުތުގައި  ވެޑުވިއްޖެ  ކަމުގައި  ހިތަހިތައި

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *